މުޢިއްޒުގެ ނަމާ ދިމާލުގައި ޕީޕީއެމްގެ ލޯގޯ ޖަހައި ނުދިން – ތޮލާލް

ފަހުގެ ސިޔާސީ

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ ފަރާތުން ނުކުންނަވާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަމާ ދިމާލުގައި ޕީޕީއެމްގެ ލޯގޯ އީސީން ޖަހައި ނުދިން ކަމަށް އިދިކޮޅުން ބުނެފިއެވެ.

މިއަދު ޕީޕީއެމް ޖަގަހައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވޯޓް ކަރުދާހުގައި މުޢިއްޒުގެ ނަމާ ދިމާލުގައި ޕީޕީއެމް ލޯގޯ ވެސް ޖަހަން ބޭނުންވާތީ، ޕީޕީއެމް އަދި ޕީއެންސީ ނަމުގައި 4 ސިޓީ އީސީއަށްފޮނުވި ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން އެކަން ނުވާނެ ކަމަށް ބުނެ ނިންމާލީ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ގާނޫނީ ގޮތުން އެކަން ކުރެވެން ނެތްސަބަބު އީސީން ބުނެދީފައި ނުވާ ކަމަށް ތޮލާލް ފާހަގަކުރިއެވެ.

އިޝްތިހާރު
އިޝްތިހާރު

އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް ވަންޏާ އިލެކްޝަން ކޮމިޝަނުން ބާއްވާ އިންތިހާބު ތަކުގައި ކޮންމެ ކެންޑިޑޭޓަކަށްވެސް އެ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި އެ ކެންޑިޑޭޓަކު ބޭނުންވާ ލޯގޯ ޖެހެން ޖެހޭނެ. ނުޖެހެންވީ އެއްވެސް ސަބަބެއް ނެތްތޮލާލް

ލޯގޯ ޖެހެން ނެތް ކަމަށް އީސީން ޖަވާބު ދިނުމުގެ ކުރިން ވޯޓު ކަރުދާސް ޕްރިންޓް ކުރަން ފަށާފައިވާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ