އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ލާމު އަތޮޅަށް ވަޑައިގެންފިއެވެ.
މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ، ލ. އަތޮޅުގެ ސްކޫލްތަކުގެ ހާލަތު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ލ. މުންޑޫ ސްކޫލަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ސްކޫލުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާއި މުދައްރިސުނާއި އަދި ޕީ.ޓީ.އޭ އާ ވަނީ ބައްދަލުކުރައްވާފައެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގައި ލ. އަތޮޅުގެ ހުރިހާ ސްކޫލަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވެއެވެ.