އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އައްޑޫ ސިޓީގެ ރައްޔިތުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ރައީސް ސޯލިހް އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ރޭ އިރުއޮއްސުނު ވަގުތުއެވެ. އެގޮތުން ރައީސް ދަތުރުކެރެއްވި ފްލައިޓު ގަން އިންޓަނޭޝަން އެއާޕޯޓަށްޖެއްސުމުން ރައީސްއަށް އެސިޓީއިން އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ އެމަނިކުފާނުގެ ރަނިން މޭޓު މުހައްމަދު އަސްލަމްއެވެ.
ރައީސް އައްޑޫއަށް ވަޑައިގެންނެވި އިރު އަރިހުގައި އެމަނިކުފާނާއި އެކު މިއަހަރުގެ އިންތިހާބަށް ކޯލިޝަން ހެއްދެވި އަދާލަތު ޕާޓިގެ ރައީސް އާއި މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލައަންސްގެ ލީޑަރުވެސް ވަޑައިގެންނެވިއެވެ.
ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް މިއަދު މުޅި ގަން އިންޓަނޭޝަނަލް އެއާޕޯޓު އޮތީ އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ފުރިފައެވެ. ރައީސަށް މަރުހަބާދެންނެވުމަށް ދަމާލާފައިވާ ދިގު ސަފުގައި ތިބި ހުރިހާ ފަރާތްތަކާއި އެމަނިކުފާނު ސަލާމް ކުރެއްވި އެވެ. މިއީ ރައީސަކަށް އައްޑޫން މިހާތަނަށް އެންމެ ބޮޑުމަރުޙަބާއެއް ދެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ރައީސް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅަކީ އަންނަ ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް މާލެ ސިޓީއިން ބޭރަށް ކުރައްވާނެ ފަހު ދަތުރުފުޅެވެ. ރައީސްސޯލިހް ވަނީ ވޭތުވެދިޔަ ދެމަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ވަޑައިގެން ގިނަ ރަށްތަކަށް ވަޑައިގެންފައެވެ.


