ދަޢުރުވަމުންދާ ފޮޓޯތަކުން ފެންނަ 500 ރުފިޔާގެ ފައިސާގެ ނޫޓަކީ ޞައްހަ ނޫޓުތަކެއް – އެމްއެމްއޭ

ޚަބަރު ފަހުގެ

ދަޢުރުވަމުންދާ ފޮޓޯތަކުން ފެންނަ 500 ރުފިޔާގެ ފައިސާގެ ނޫޓަކީ، ޞައްހަ ނޫޓުތަކެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިންވިދާޅުވެއްޖެއެވެ.

ދެ ސައިޒަކަށް ހުރި، 500ރުފިޔާގެ ނޫޓުތަކެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އަންނަނީ ދަޢުރުވަމުންނެވެ. މިކަމާއި ގުޅިގެން އެމްއެމްއޭއިން ވިދާޅުވީ، އެނޫޓުތައް އެމްއޭއިން ބަލާ ޗެކްކުރައްވާފައިވާކަމަށެވެ. އެގޮތުން ބެލިބެލުމުން، އެ ނޫޓުތަކަކީ ސައްޙަ ނޫޓުތަކެއްކަން ކަށަވަރު ކުރެވިފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއޭއިން ވިދާޅުވީ ދެ ބެޗެއްގައި މިގޮތަށް ހުންނަ ނޫޓުތަކުގެ ސައިޒު ތަފާތުވުމަކީ އެކަށީގެންވާކަމަށާއި، އެއީ އާއްމު އުސޫލުން މުޢާމަލާތްކުރަން ބޭނުންކުރެވޭނެ ފައިސާކަމަށެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާގޮތުގައި، މިދެސައިޒުގެ ތެރެއިން ކުޑަ ނޫޓުތައް އޭޓީއެމްތަކުން ބަލައެއްނުގަނެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން އެމްއެމްއޭއިން ބަލަމުން އަންނަ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ