ކައުންސިލަރުންނާއި ވެރިން އަދި މުވައްޒަފުންނަށް ޑރ. މުޢިއްޒު ޝުކުރު ދަންނަވައިފި

ޚަބަރު ފަހުގެ

ހަތަރުވަނަ ދައުރުގެ ކައުންސިލަށް އިންތިޚާބުވެ ވަޑައިގެން މިއަދާއި ހަމަޔަށް ދެއްވި ހުރިހާ އެއްބާރުލެއްވުމާއި ކުރެއްވި ބުރަ މަސައްކަތަށް ކައުންސިލަރުންނާއި ވެރިން އަދި މުވައްޒަފުންނަށް މާލެ ސިޓީގެ މޭޔަރ އަދި އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ޝުކުރެއް ދަންނަވައިފިއެވެ.

މާލެސިޓީ ކައުންސިލްގެ ފަހު ޖަލްސާގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޑރ. މުޢިއްޒު ވަނީ ކައުންސިލް ހިންގުމުގައި ކައުންސިލަރުންނާއި ވެރިން އަދި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މާލޭގެ ކަންތައްތައް ރައްޔިތުން އެދޭގޮތަށް ގެންދިއުމުގަ ދިމާވި ގޮންޖެހުންތައް ގިރާކުރުމުގައި އާއި ކައުންސިލް ލެވެލްގައި ކުރެވެންހުރި ހުރިހާ ކަމެއްކުރުމުގެ ހުރިހާ ސަޕޯޓެއް ކައުންސިލަރުން ދެއްވާފައިވާކަން ޑރ. މުޢިއްޒު ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުންވޭ މާލެސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުންނާއި ވެރިން އަދި ހުރިހާ ސްޓާފުންނަށް މިދައުރުގެ ކައުންސިލަށް ހޮވި މިއަދާހަމަޔަށް އައުމުގަ ދެއްވި ހުރިހާ އެއްބާރުލެއްވުމަށް ކުރެއްވި ބުރަ މަސައްކަތަށް. އަދި ކައުންސިލަރުން ވަނީ ވަރަށްބޮޑު ސަޕޯޓެއްދެއްވާފަ. މާލޭގެ ކަންތައްތައް ރައްޔިތުން އެދޭގޮތަށް ގެންދިއުމުގަ އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުމުގަ، އަޅުގަނޑުމެންގެ މެކްސިމަމް ކެޕޭސިޓީގަ މަސައްކަތް ކުރުމުގަ، އަޅުގަނޑުމެންނަށް ހުރި ހުރިހާ ގޮންޖެހުންތައް ކުރެވެންހުރި ވަރަކަށް ގިރާކުރުމުގަ، ވަނީ ހުރިހާ ސަޕޯޓެއް ދެއްވާފަ. އެކަމަށްޓަކާ ކައުންސިލަރުންނަށް ޝުކުރު ދަންނަވަން

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާ ކުރައްވަންދެން އެމަނިކުފާނު މަޤާމުގައި ދެމިހުންނަވާނެކަމަށެވެ.

މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްއޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބު ވުމާއިގުޅިގެން ޓްރާންސިޝަންމަސައްކަތަށް ވަގުތު ހުސްކުރެއްވުމަށް މޭޔަރުގެ ޒިންމާ ޑެޕިއުޓީ މޭޔަރާއި ހަވާލުކުރައްވަން މިއަދު ވަނީ ނިންމަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ