ހުރިހާ ލިޔުންތައް

ވަޒީރު ފެންވަރުގައި ނާޒިމް އަލުން ރައީސް އޮފީހުގެ އިސް މަގާމަކަށް

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް، މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަގާމަކަށް އަނެއްކާވެސް އައްޔަންކުރައްވައިފި އެވެ. ނިމިދިޔަ ހަފުތާގެ ތެރޭގައި ނާޒިމް އައްޔަންކުރައްވާފައި ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ […]

އިތުރަށް ވިދާޅުވޭ

“ކޮކްރޯޗް ޖަންތާ ޕާޓީ” ގެ ސަޕޯޓް ފަތުއަޑުކިޔާފައި މައްޗަށް، ޒުވާން ލީޑަރަށް މަރުގެ އިންޒާރު، ސޯޝަލްމީޑިއާ އެކައުންޓްތައް ބްލޮކް

އިންޑިއާގެ ޒުވާނުން އުފައްދައިގެން އުޅޭ އޮންލައިން ޕާޓީ “ކޮކްރޯޗް ޖަންތާ ޕާޓީ – ސީޖޭޕީ” ގެ ވާހަކަ ގިނަ ބަޔަކު މިހާރު ވާނީ އަޑުއަހާފައެވެ. މިއީ، އިންޑިއާގެ ޒުވާނުން އުފައްދައިގެން އުޅޭ، ޒުވާނުން ބައިވެރިވާ […]

އިތުރަށް ވިދާޅުވޭ

ހަނިމާދޫ ސުކޫލަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ގެނެވިދާނެ ދެތިން ހައްލު

ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމަކީ ހަނިމާދޫ ސުކޫލަށް ކުރިމަތިވާ ކުޑަވަރެއްގެ ގުދުރަތީ ކާރިސާއެކެވެ. މިކާރިސީ ހިރާސް ކުޑަކުރުމަށް އެކި ސަރުކާރުތަކުގައި އަދި ކައުންސިލްތަކުން ފެށިގެން ބެލެނިވެރިންވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެނަސް މިކަމަށް އެކަށޭނަ […]

އިތުރަށް ވިދާޅުވޭ

އިސްރާއީލާއި ނަތަންޔާހޫއަށް ދުނިޔެ ނަފްރަތުކުރާކަން ޓްރަމްޕް އިއުތިރާފްވުން: “އަހަންނާހެދި ނޫންނަމަ ކަލޭ މިހާރު އޮންނާނީ ޖަލުގައި”

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޯމަދުވަހު އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫއަށް ފޯނުން ގުޅައި ދެއްކި ބައެއް ވާހަކަތައް އެމެރިކާގެ ބައެއް މީޑިއާ ވަސީލަތްތަކުން ހާމަކުރަމުން އެބަ ގެންދެއެވެ. މި ވާހަކަތައް ފަތުރަމުންގެންދަނީ، […]

އިތުރަށް ވިދާޅުވޭ

ނަތަންޔާހޫ ހުރީ ބެއިރޫތަށް ހަމަލާދޭން ޓްރަމްޕް ހުއްދަދޭނެ ވަގުތެއްގެ އިންތިޒާރުގައި، ލުބުނާނު އިސްތިއުމާރުކުރަނީ އެމެރިކާގެ ފުރިހަމަ އެހީތެރިކަމުގައި

އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގައި އިއްޔެވަނީ، އުސް ފަރުބަދަމަތީ ސަރަހައްދެއްގައި ހުރި ޝަގީފް ފޯޓްރެސް ނުވަތަ ބިއުފޯޓް ކާސްލް ހިފާފައެވެ. ފުރަތަމަ ކުރިކަމަކީ އެތަނަށް ބޮންއެޅީއެވެ. އޭގެފަހުން އެތަން […]

އިތުރަށް ވިދާޅުވޭ

ހަނިމާދޫ ސްކޫލުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ބޮޑު ވިއްސާރައިގައި، ހދ. ހަނިމާދޫއަށް ބޯކޮށް ވާރޭވެހި އެ ރަށު ސްކޫލުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން […]

އިތުރަށް ވިދާޅުވޭ

ހިޒްބުﷲގެ ވަރުގަދަ “ސަޕްރައިޒް” ހަމަލާތަކާ ގުޅިގެން ނަތަންޔާހޫ ޕްރެޝަރަށް ވެއްޓިއްޖެ

ލުބުނާނުގެ ހިޒްބުﷲއިން އިސްތިއުމާރީ އިސްރާއީލުގެ އުތުރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން، އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ނަތަންޔާހޫއާއި އޭނާގެ ސަރުކާރުގެ ވެރިން ހާސްވެގެން ތެޅިފޮޅޭން ފަށައިފިއެވެ. ހުކުރު ދުވަހުގެ ރެއިން ފެށިގެން […]

އިތުރަށް ވިދާޅުވޭ

ޢީދު ފާހަގަކުރުމަށް މިރޭ 21:45ގައި ހަވާ އަރުވަނީ

އަޟްހާ ޢީދު ފާހަގަކުރުމަށް މިރޭ ހަވާ އެރުވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑިއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ، މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ވިލިމާލެ ބޭރާ ދިމާލުންކަމަށެވެ. ހަވާ އަރުވާނީ، 21:15 […]

އިތުރަށް ވިދާޅުވޭ

އީރާނުގެ ލަޝްކަރުތަކާއި ސަރުކާރަށް ތާއީދުކޮށް އާންމުން ތެހެރާނުގެ އާޒާދީ މައިދާނަށް ނުކުންނަތާ 89 ރޭ ވެއްޖެ

އެމެރިކާއާއި އިސްތިއުމާރީ ދައުލަތުގެ ޓެރަރިސްޓު ސިފައިން ސާޅީސްދުވަސް ވަންދެން އީރާނުގެ އެކި ހިސާބުތަކަށް ވަރުގަދައަށް ބޮން އަޅަމުން ގެންދިޔައިރު، ދުޝްމަނުންނަށް ރައްދު ހަމަލާތައް ދިނުމަށް އީރާނުގެ ލަޝްކަރުތަކަށް އެންމެބޮޑު ހިތްވަރެއް ލިބިގެންދިޔައީ އީރާނުގެ އާންމު […]

އިތުރަށް ވިދާޅުވޭ

އިސްތިއުމާރީ ސިފައިން ހަމަލާތައް ވަރުގަދަކުރުމުން ހިޒްބުﷲގެ ރައްދު ހަމަލާތައް ވަރުގަދަކޮށް، ދުޝްމަނުން ފަހަތަށް ޖައްސަނީ

އިސްތިއުމާރީ ދައުލަތުގެ ޓެރަރިސްޓު ސިފައިން ލުބުނާނަށް ދޭ ހަމަލާތައް ވަރަށް ވަރުގަދަކޮށް ފުޅާކުރުމާ ގުޅިގެން، ދުޝްމަނުންނާ ދެކޮޅަށް ހިޒްބުﷲ މުޖާހިދުން އެޔަށްވުރެ ވަރުގަދަ ހަމަލާތަކެއް ފަށައިފިއެވެ. އެގޮތުން، ލުބުނާނުގެ ދެކުނަށް އަރައިގެންއުޅޭ ޓެރަރިސްޓު ސިފައިންނަށާއި، […]

އިތުރަށް ވިދާޅުވޭ