ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް، އަލްފާތިޙާ (އަލްޙަމްދު) ސޫރަތުގެ މާނާއިގެ މައްޗަށް ބަލައިލުމެއް – 1

ސޫރަތުގެ ނަން އަލްފާތިޙާ އަކީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބު މަގަށް ބަލާއިރު، ފުރަތަމަ ސޫރަތެވެ. އާދެ، ކީރިތި ޤުރުއާން، ‘ހުޅުވައިލަދޭ’ –އަލްފާތިޙާ- ސޫރަތެވެ. ކީރިތި ޤުރުއާނުގެ ‘މުގައްދިމާ’އެވެ. އަލްފާތިޙާ އެކުލެވިގެން ވަނީ ހަތް […]

އިތުރަށް ވިދާޅުވޭ

ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި: ސުވަރުގެ – މަރުހޫމު އިބުރާހިމް ޝިހާބު

މިއަދަކީ ޅެންވެރިންގެ ދުވަހެވެ. މިދުވަސް ފާހަގަ ކުރެވެނީ ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި އިލްމުވެރި ޅެންވެރިއަކާ ގުޅުވައިގެންނެވެ. އާދެ، ޅެންވެރިކަމުގެ ދުވަސް ފާހަގަކުރެވެނީ ދިވެހި މިލްޓަން ކަމުގައި ބުނެވިދާނޭ މަރްހޫމު ޝިހާބުގެ އަހަރުމަތިފުޅު ދުވަހަށް ނިސްބަތްކޮށެވެ. […]

އިތުރަށް ވިދާޅުވޭ

ކީރިތި ޤުރުއާން ފަހުމްކޮށްގަތުމަށް މަގެއް 2

އިހުގެ ތަފްސީރުތަކަށް ބަލާލާއިރު އައްތަބަރީގެ (އަވަހާރަވީ310ހ./923މ. ގައި) ޖާމިޢު އަލްބަޔާން، އާއި އިބްނު ކަޘީރުގެ (އަވަހާރަވީ 774ހ./1373މ.) ‘ތަފްސީރު އަލްޤުރްއާނި އަލްޢަޡީމް’އާއި އަދި އައްސުޔޫތީގެ ‘އައްދުރް އަލް މަންޘޫރު’ (އަވަހާރަވީ 910ހ./1505މ. ގައި) ފަދަ […]

އިތުރަށް ވިދާޅުވޭ

ނަސާރާއިންގެ އީދުތަކުގައި ތަހުނިޔާ ކިޔުމުގެ ވާހަކަ ދައްކާއިރު ހަނދާންކޮށްލުން މުހިއްމު ބައެއް ވާހަކަ

މިއަދު، އަޅުގަނޑު ގަސްދުކުރަނީ ކީރިތި ޤުރުއާނުގެ ތިން އާޔަތެއްގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ހިންގާލާށެވެ. މިތިން އާޔަތުގެ މާނަ ރަނގަޅަށް ވިސްނި، ފަހުމުވެދިޔުމަށްޓަކައެވެ. މިއަދުގެ ތިން އާޔަތުގެ ތެރެއިން ފުރަތަމަ އާޔަތަކީ އަލްއަންޢާމު ސޫރަތުގެ […]

އިތުރަށް ވިދާޅުވޭ

އިސްލާމީ ފިގުހުގައި ޒިނޭ ސާބިތުވުމުގެ ހެކީގެ މައްސަލައާ މެދު ބަހުސްކުރާއިރު ހަނދާންކޮށްލަން ޖެހޭ ދެތިން ކަމެއް

މިދުވަސް ކޮޅަކީ ޒިނޭގެ ހެކީގެ މައްސަލަ ނެގިގެން އުޅޭ ދުވަސްވަރެކެވެ. މިއާދޭތެރޭ އެއްޗެއް ނުބުނަން ނިންމައިގެން ހުއްޓައި ބައެއް މީސްމީހުންގެ އެދުމުގެ މަތިން ކުރު ގޮތަކަށް ނަމަވެސް އެއްޗެއް ލިޔެލަން ގަސްދުކުރީއެވެ. މި މައްސަލައަކީ […]

އިތުރަށް ވިދާޅުވޭ

ކީރިތި ޤުރުއާން ފަހުމްކޮށްގަތުމަށް މަގެއް – 1

ސިލްސިލާގެ ކުރު ތައާރުފެއް ‘ކީރިތި ޤުރުޢާނު ފަހުމްކޮށްގަތުމަށް މަގެއް’ މިސިލްސިލާ ގެނެސްދިނުމުގެ ބޭނުމަކީ، މިސިލްސިލާއަށް ދެވިފައިވާ ނަމުން އިޝާރަތް ކުރެވޭ ފަދައިން، ކީރިތި ޤުރްއާނުގެ މާނަ ދެނެގަތުމަށް އެހީވެ ދިނުމުގެ ގޮތުން މަގެއް ކޮށައިދެވޭތޯ […]

އިތުރަށް ވިދާޅުވޭ

ތާރީޚު އިއާދަވުން : ފުރަތަމަ ޖުމްހޫރިއްޔަތާއި ގިނަ ޕާޓީތަކުގެ ފުރަތަމަ ޑިމޮކުރަސީގެ ނިޒާމުގެ ތަޖުރިބާ

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާލާއިރު، 1953ގައި ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔުން، އެއްވެސް ޝައްކެއްނެތް ގޮތުގައި، ރާއްޖޭގެ ސިޔާސީ ތާރީޚީ މުހިއްމު މަގުފާހަގަތަކުގެ ތެރޭގައި ހިމަނާލެވޭނެއެވެ. ނަމަވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރަސްކަމަކުން […]

އިތުރަށް ވިދާޅުވޭ

ތަސައްވުފު ނުވަތަ ސޫފިއްޔަތަކީ ކޮބާ؟ – 2

ސޫފިއްޔަތާ ބެހޭ ގޮތުން ލިޔާ މިލިޔުމުގެ ދެވަނަ ބައިގައި ބަލައިލާން ގަސްދުކުރަނީ ‘ސޫފިއްޔަތު’ މި ލަފްޒުގެ އަސްލުގެ މައްޗަށެވެ. މި ލަފްޒު އުފެދިގެން އައި ގޮތާއި އޭގެ މާނައިގެ މައްޗަށެވެ. މީގެ އިތުރުން މިބައިގައި […]

އިތުރަށް ވިދާޅުވޭ

ތަސައްވުފު ނުވަތަ ސޫފިއްޔަތަކީ ކޮބާ؟ – 1

ސޫފީންގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން އަޅުގަނޑުމެންގެ ތެރޭގައި ފެންމަތިވާ ވާހަކައެކެވެ. ނަމަވެސް، ސޫފީންގެ ވާހަކަދެކެވޭ އިރު، ފެންނަނީ ދެފަރާތެއްގެ ދިމާ އިދިކޮޅު ދެކޮޅެވެ. އެއްކޮޅުން ފެންނަނީ ‘ސޫފީ’ މި ލަފްޒު އިވޭ އިރަށް އެކަން […]

އިތުރަށް ވިދާޅުވޭ

ފަސާދަ އާންމު ވުމުން ….

އެއްދުވަހަކު ބޭންކު ފޭރޭ ދެ ބޭން ވެގެން ބޭންކަކަށް ވަދެ، ބޭންކުގައި ތިބި އެންމެނަށް އެންގިއެވެ. މިއީ ބޭންކުން ވައްކަންކުރުމުގެ އަމަލިއްޔާއެކެވެ. އަހަރުމެން ވަގަށް މިނަގަނީ ދައުލަތުގެ ފައިސާއެވެ. ކަލޭމެންނަށް މުހިއްމު ވާން ޖެހޭނީ […]

އިތުރަށް ވިދާޅުވޭ